ރެއިންބޯ އެންޓަޕްރައިޒަސްގެ ރަމަޟާން ސޭލް 2020 ގެ 3 ނަސީބުވެރިން ހޮވައިފިއެވެ.

ރެއިންބޯއިން ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ބާއްވަމުން އަންނަ ރެއިންބޯ ރޯދަ ސޭލް މިއަހަރުވެސް ބާއްވާފައި ވާއިރު އަގު ހުރި އިނާމްތަކެއް މިއހަރުވެސް ވަނީ ކަނޑައަޅަފައެވެ.

ރެއިންބޯގެ ހުރިހާ ފިހާރަތަކެއްގައި މި ސޭލް، މާޗް މަހުގެ 1 ވަނަ ދުވަހުން ފެށީގެން މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރެއިންބޯ ރޯދަ ސޭލް ކުރިއަށް ގެންގޮސްފައިވަނީ ރެއިންބޯގެ މި ސޭލްގައި އެ ކުންފުނީގެ ފިހާރަތަކުން 500ރ. އަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭގޮތަށެވެ. މި ކޫޕަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ކޫޕަނެއްގެ ވެރިންނަށް، އެ މީހަކު ކުރި ވިޔަފާރިއެއްގެ ފައިސާ އަނބުރާ ލިބޭނެ ގޮތަށެވެ.

ރެއިންބޯ ރޯދަ ސޭލްގެ ތިން ނަސީބުވެރިން މިއަދު ވަނީ ހޮވާފައެވެ.

އެގޮތުން އެ ތިން ނަސީބުވެރިންނަކީ އާދަމް، ޝިމްހާޒް އަދި ޒަހުވާ އަބްދުލް މުހުސިންއެވެ.

ނަސީބުވެރި ތިންފަރާތައް ރެއިންބޯ އެންޓަޕްރައިޒަސް ގެ ފަޜަތުން ވަނީ ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަށް ހާއްސަ ސޭލެއް ރެއިންބޯ އިން ހިންގަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހެޔޮކޮށް ރޯދައަށް ގެއަށް ބޭނުންވާ ސާމާނު ގަތުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ. އެ ކުންފުނިން ވިއްކާ ބައެއް ސާމާނުގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނާއި ބެޑްރޫމް ސެޓާއި ބަދިގެ ސެޓު އަދި ކުލަ ފަދަ ތަކެތި ހިމެނެ އެވެ.