އެވިޑް ސްކޫލް އޮފް އޭވިއޭޝަންސްގެ ޑީންގެ މަޤާމު އުފައްދައި އެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ގދ. ތިނަދޫ، ފުސްތުޅާގޭ. މުހައްމަދު ޝަރީފެވެ. އޭނާއަށް މަގާމް ހަވާލު ކުރި ރަސްމިއްޔާތު ބާއްވާފައިވަނީ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަސްގައެވެ. އޭނާއާ އެ މަގާމް ހަވާލު ކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ. މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެލެއްވެވިއެވެ.

މުޙައްމަދު ޝަރީފް ކުރިން ވަނީ ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯރޓްގެ ޑިރެކްޓަރ ކަމާއި ކޮންރެޑް މޯލްޑިވް ރަންގަލި އައިލެންޑުގެ ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރ ކަމާއި ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްގެ

ސޭފްޓީ އެންޑް ސެކިއުރިޓީ ސްޕަވައިޒަރ ކަމާއި ގަލަޑޯނިއާ ޕްރައިވެޓް ލިމިޓެޑްގެ ޕްރެޖްކްޓް ކޯރޑިނޭޓަރ ކަމާއި ބަރތޯލްޑް އެންޑް އެސޯސިއޭޓް

ޕްރެޖްކްޓް ކޯރޑިނޭޓަރ ކަމާއި މޯލްޑިވްސް ޕޮލިސް ސަރވިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި ބައެއް ސްކޫލްތަކުގެ ހެޑުމާސްޓަރކަން ވެސް ކުރައްވައިފައެވެ.

މުޙައްމަދު ޝަރީފަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓަރ ހައްދަވާފައިވާ ބޭފުޅެކެވެ.