ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި އަދަދު މިއަދުވެސް ހުރީ 100 އިން ދަށުގަ އެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 23 މީހުންނާއި އަތޮޅުތަކުން 58 މީހުން ނެވެ. އަދި ރިސޯޓުތަކުން 6 މީހުންނާއި ތަރައްގީވަމުން އަންނަ ރަށްތަކުން 3 މީހުން ނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދުު މިވަނީ 74،993 އަށް އަރާފަ އެވެ. އަދި 72،118 މީހުން ވަނީ މި ބައްޔަށް ބޭސްކޮށް ރާއްޖެއިން ރަނގަޅުވެފަ އެވެ.

މިވަގުތު ހޮސްޕިޓަލްގައި 21 މީހަކަށް ފަރުވާ ދެމުންދާއިރު، ކޮވިޑުގައި ރާއްޖެއިން މަރުޔާވެފައިވަނީ 213 މީހުން ނެވެ.

މިއަދު ނަގާފައިވަނީ 2650 ސާމްޕަލެވެ.