ރައްޔިތުން މަޖިލީހުގެ ކުރެންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުލް ޣަނީ ޢަބްދުލް ހަކީމް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުކުރައްވައިފި އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ކުރެންދޫގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތާއި ގުޅޭގޮތުންނެވެ.
މީގެ އިތުރުން އޮޅުވެލިފުށީގައި ހުރި މިސްކިތްތައް މަރާމާތު ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައި ވެއެވެ.