700 އަށް ވުރެ ގިނަ ބިޔަރު ދަޅުތަކާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިއީ ގާނޫނާއި ގަވާއިދާ ޚިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް ބަނގުރާގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހެއް ކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި މާލޭގެ ގެ އަކާއި ގަރާޖެއް ބަލައި ފާސްކޮށްފަ އެވެ.

މި މައްސަލައާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މައްސަލަ ދަނީ ތަހުގީގު ކުރަމުން ނެވެ.