ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ (ފުރަތަމަ ފިޔަވަހި) މަސައްކަތުގެ 88 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ ދުއްވާ ސަރަޙައްދު ޤާއިމުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 27,848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ބުނެ އެވެ. އަދި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، 10,205 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.