ރާއްޖެއިން މިއަދު 170 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 19 މީހުންނާއި އަތޮޅުތަކުން 78 މީހުންނާއި ރިސޯޓުތަކުން 7 މީހުންނާއި ލައިވް ބޯޑުތަކުން މީހެކެވެ. އަދި ތަރައްގީވަމުން އަންނަ ރަށްތަކުން 60 މީހުންނާއި އިންޑަސްޓްރީއަލް ރަށްތަކުން 5 މީހުން ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭ އިން ބުނީ 78 މީހަކު މީހުން ދިރިއުޅޭ ރަށްތަކުން ޕޮސިޓިވްވެފައިވާ އިރު، ދެވަނައަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ ރިސޯޓު ތަރައްގީ ކުރަމުންދާ ރަށްފަޅު ހުރާއިން 60 މީހުން ކަމަށެވެ.

މިއާއެކު 75،332 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 72،569 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް 214 މީހުން ވަނީ ނިޔާވެފަ އެވެ.