މިރޭ 12 އިން ފެށިގެން 6 ގަޑި އިރަށް ދިރާގު ބްރޯޑްބޭންޑު ޚިދުމަތަށް ބުރޫ އަރާނެ ކަމަށް ދިރާގުން ބުނެފި އެވެ.

އެ ކުންފުނިން ކުރި އިޢުލާނެއްގައި ބުނީ މިރޭ 12 އިން ހެނދުނު 6 އަށް މެއިންޓެނަންސް މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ދިރާގު ބްރޯޑްބޭންޑް ޚިދުމަތްތަކަށް ބުރޫ އަރާނެ ކަމަށެވެ.

އެގޮތުން ޚިދުމަތް ކެނޑޭ އިރު 5 ވަރަކަށް މިނެޓު ވަންދެން ޚިދުމަތް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ދިރާގުން ވަނީ މަޢާފަށް އެދިފަ އެވެ.