މި އަހަރުގެ ބޮޑު އީދުގެ އީދު ނަދާމު ބޮޑު ޖަމާތުގައި މާލޭ ސަރަހައްދުގައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިސަރަކާ ހަވާލާދީ “އަވަސް” އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އަހަރުގެ ބޮޑު އީދު ދުވަހު ބޮޑު ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމުގެ ގޮތުން ގިނަ ބަޔަކު އެއްފަހަރާ އެއް ސަރަހައްދެއްގައި ތޮށްޖެހުން ކުޑަ ކުރުމަށް ކަމަށެވެ.ނަމަވެސް މާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދު ނަމާދުގެ ޖަމާއަތް ބާއްވާނެ ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ. ކޮވިޑުގެ ހާލަތު ގޯސްވެ، މޮނިޓަރިންގައިވާ ރަށްރަށް ނޫން އެހެން ރަށްރަށުގައި އީދު ނަމާދު ޖަމާއަތުގައި ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ."ކޮވިޑް ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ ހުއްދަ ދޭން ނިންމާފައިވަނީ" އޮފިސަރު ވިދާޅުވި އެވެ.