އައްޑު ސިޓީން ކޮވިޑަށް މިއަދު އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް އައްޑޫ އީކިއެޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ 19 ޖުލައި އިރުއޮއްސި 6 ން 20 ޖުލައި ގެ އިރުއޮއްސި 6އަށް އެ ސިޓީން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ސިޓީގެ ރަަށްތަކުގެ އެކްޓިވް ކޭސްތަކަށް ބަލާލާ އިރު، ހިތަދޫގައި 22، މަރަދޫގައި 31 ވެއެވެ. އަދި މަރަދޫފޭދޫގައި ވަނީ 4 ކޭސްއެވެ.

އައްޑު ސިޓީން 549 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، 490 މީހުން ވަނީ ރަނގަޅުވެފަ އެވެ. އެ ސިޓީން ކޮވިޑު ބަލީގައި މިހާތަނަށް މަރުވެފައިވަނީ 2 މީހުން ނެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން، އައްޑުސިޓީ ދެވަނަ ފަހަރަށް މޮނިޓަރިންގ ގައި ބޭއްވުމަށް ފަހު މިހާރުވަނީ އެސިޓީގެ ގުޅިފައިވާ ރަށްތައް ވެސް މޮނިޓަރިންގ ހާލަތުން ނަގާފަފަ އެވެ.