އައްޑޫ ސިޓީ މީދޫގައި އަމިއްލަ ޖަމިއްޔާއަކުން ހަދާފައިވާ ހަތަރު މައިޒާނަކަށް ބަޔަކު ގެއްލުން ދީފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގައި އަމިއްލަ ޖަމިއްޔާ އަކުން ހަދާފައިވާ މައިޒާންތަކަކަށް ގެއްލުން ދީފައިވާކަން ރަށުތެރެ ބަލަހައްޓަމުން ދިޔަ ފުލުހުންނަށް ވަނީ ފާހަގަަކުރެވިފައި ކަމަށެވެ. އެގޮތުން ބަޔަކު ގެއްލުން ދީފައި ވަނީ މީދޫ ލިލީ ބީޗަށާއި، ވެރާނޑު ޕާކްއަށާއި، ކޮއްގަނޑު ޕާކް އަދި ސްވިމިން ޓްރެކް އަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިއީ މީދޫ "ނަލަފެހި" ނަމަކަށް ކިޔާ އަމިއްލަ ޖަމިއްޔާތަކަކުން ހަދާފައިވާ ތަންތަނެވެ.

އެހެން ކަމުން މި މައްސަލަ ސ. މީދޫ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.