ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން އުޅުނު ބަޔަކު ހުއްޓުވާ ފައިސާތައް ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން ބަޔަކު މަސައްކަތްކުރި މައްސަލައެއް މިއަދު 11:47އެހާއިރު ފުލުހުންނަށް ހުށާއަޅާފައިވާކަމަށެވެ. އަދި މިމައްސަލަ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ސޯޝަލް މީޑީއާގައި ދައުރުވާ ވީޑީއޯއެއްގައި ފެންނަގޮތުން އެ ފައިސާތައް ފޭރެން މަސައްކަތްކޮށްފައިވަނީ ސައިކަލެއްގައި އައި 4 މީހެކެވެ. ނަމަވެސް އެ މީހުން އެ ފައިސާ ފޭރެން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

https://fb.watch/1lavR4fhDJ/

ވީޑިއޯއިން ފެންނަ ގޮތުގައި ރޫޓުގެ ވޭން ބީއޯސީ ކުރިމައްޗަށް މަޑުކުރި އިރު އެ ގްރޫޕްގެ މީހުން ވެސް ވޭނުގެ ކުރިމައްޗަށް ވާ ގޮތަށް މަޑުކުރާތަން އެ ވީޑިއޯ ތަކުން ފެނެ އެވެ. ވޭނުގެ ތެރެއިން ނެރުނު ފޮށިގަނޑެއް އަތުލައިގެން ދާން އުޅެނިކޮށް، އެކަކު ވެެއްޓޭ މަންޒަރާއި ބޭންކްގެ ގާޑުން އެ މީހާގެ އަތުން ފޮށިގަނޑު އަތުލާ މަންޒަރު ވެސް އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފޭރެން މަސައްކަތް ކޮށްފައިވަނީ ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ކުންފުނީގެ 4.5 މިލިއަނެއްހާ ރުފިޔާއެވެ.