ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މި މައްސަލައިގައި ޝާހުގެ މައްޗަށް ވަނީ ތިން އަހަރުގެ ހުކުމެއް އިއްވި ނަމަވެސް އޭނާ މިނިވަން ވެފައިވަނީ ޝަރީއަށް ނިމެންދެން ބަންދުގައި ހުރިއިރު ތިން އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެފައި ވުމުން އެ ދުވަސްތައް އުނި ކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުން ޝާހު މަރުވީ މަސް ބާނަން ކަނޑުމަތީގައި ހުއްޓައި ކުއްލި ގޮތަކަށް ހާލު ދެރަވުމަށް ފަހު އެވެ. އޭގެ ކުރިން އޭނާގެ ގައިގައި މަހަކުން ޖެހި ރިއްސާތީ އުޅުނު ކަމަށް ވެސް ބުނެވެ އެވެ. ޝާހު މަރުވެފައި އޮތީ ދޯނީގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި އޮށޯވެ އޮއްވަ އެވެ.