ސަލާމަތީ ބާރުތަކުން މިއަދާއި މާދަމާ ކުރިއަށްގެންދާ ތަމްރީންތަކާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކެއް ބަންދުކުރަން ނިންމައިފި އެވެ.

ބަންދުކުރަން ނިންމާފައި ވަނީ އެއާޕޯޓް މަގާއި ސިނަމާލެ ބްރިޖުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކާއި ގްރީން ޒޯން ކަމަށް ފުލުހުން ބުންޏެވެ. އެ މަގުތައް ބަންދުކުރާނީ މެންދުރު 1:00 ގެ ފަހުން ކަމަށް ފުލުހުން ބުނެއެވެ. މަގުތައް ބަންދުކޮށްފައި ހުންނާނީ ކިހާ ވަގުތަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ފަރިތަކުރުންތަކަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މި މަހުގެ 28 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެތީ ކުރިއަށްގެން ދާ ފަރިތަކުރުންތަކެކެވެ.