ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރި މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރީ 28އަހަރުގެ ބިދޭސީ އަންހެނެއްކަމަށެވެ.

މި އަންހެން މީހާ ރާއްޖެ އެތެރެވާން މަސައްކަތްކުރީ އޭނާއާއި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެންކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

މިގޮތަށް ސިފަ ވައްތަރު ފޮޓޯ ބޭނުންކޮށްގެންނާއި، އަދި ޕާސްޕޯޓް ނަކަލުކޮށް މަޢުލޫމާތު އޮޅުވާލައިގެން އެތެރެވާ މީހުން އިމިގްރޭޝަނުން ދަނީ އަނބުރާ ޤައުމަށް ފޮނުވަމުންނެވެ.

އޮޅުވާލައިގެން ގިނަ ބަޔަކު ރާއްޖެ އެތެރވާން މަސައްކަތް ކުރާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.މިކަމަށްޓަކައި ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމުވެސް ވަނީ ވަރުގަދަކޮށްފައި ކަމަށް އިމްގްރޭޝަނުން މައުލޫމާތު ދެއްވައެވެ.