ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް ހާލު ގޯސްވެ ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި ފަރުވާ ދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝިޔާމްގެ ހާލުކޮޅު ގޯސްވެފައިވަނީ އޭނާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެން ގޯތިތެރޭގައި ހުންނަވަނިކޮށެ އެވެ. އޭނާ އަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ޝިޔާމަށް ސްޓްރޯކެއް ޖެހުނު ކަމަށް އަޑު ފެތުރުނު ނަމަވެސް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްުދުﷲ ވަނީ އެކަން ދޮގުކުރައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ޝިޔާމް އާދަޔާ ހިލާފަށް ހުން ގަދަވީ ކަަމށެވެ.