ނެޝަނަލް ޑިމޮކްރަޓިކް ކޮންގްރެސްގެ ނަމުގައި އިތުރު ސިޔާސީ ޕާޓީ އަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދެއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ މިއަދު ދެއްވައި ލިޔުން ހަވާލުކޮށްފައެވެ.

މި ސިޔާސީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވަނީ ނެޝަނަލް އިންޓަރ ގްރިޓީ ކޮމިޝަންގެ ކުރީގެ މެމްބަރު ޔޫސުފް މާނިއު އެވެ.

ރާއްޖޭގައި މިވަގުތު އޮތީ 10 ސިޔާސީ ޕާޓީއެެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެގޮތުން އެ ޕާޓީގައި 52،952 މެންބަރުން ކަމަށް އިލެކްޝަން އިން ބުނެއެވެ.. އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި އިދިކޮޅު ޕީޕީއެމްގައެވެ.

ޤާނޫނުގައި ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭވަރަށް މެންބަރުން ހަމަވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީގައެވެ.