ހިބަރެއްގެ ތުންގަނޑު ހެރިގެން އުމުރުން 33 އަހަރުގެ ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބ.މާޅޮހުން ފީނަން ފައިބައިގެން އުޅުނު މީހެއްގެ ހިތާ ދިމާއިން މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ބ.އަތޮޅު ހޮސްޕިޓަލަށް މިއަދު ހަވީރު 4:10 ހާއިރު ގެނެސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ" އޮފިޝަލް ވިދާޅުވިއެވެ.