ތ. ވިލުފުށި ފުނަރު ޕްރޮގްރާމުގައި ބައިވެރިވި 3 ދަރިވަރުންގެ އިމްތިހާން ބާއްވައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް ގެންދާ މި ޕްރިގްރާމުގެ ދަށުން ޓެކްނިކަލް އަދި މެކޭނިކަލް ދާއިރާއިން އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތްތައް ވަނީ ދަސްކޮށްދީފަ އެވެ. އަދި އެ މަސައްކަތްތައް ކުރާއިރު ސަލާމަތީގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކާއި، އެކިއެކި ޓޫލްސްތައް ބޭނުން ކުރާނެ ގޮތް ވެސް ވަނީ ދަސްކޮށްދީފަ އެވެ.

ވިލުފުށީ ފުނަރު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ވެސް 3 ބައިވެރިން ނެވެ. އަދި މި 3 ބައިވެރިން ވެސް ވަނީ ތިއަރީ އާއި ޕްރެކްޓިކަލް ބައިން ފާސްވެފަ އެވެ.

ކުޅުދުއްފުށީ ސިޓީއާއި ށ. މިލަންދޫގައި ވެސް ފެނަކައިން ވަނީ މީގެ ކުރިން އެ ޕްރޮގްރާމްގެ އިމްތިހާނު ބާއްވާފަ އެވެ.