އަތޮޅުތަކުން 60 މީހުންނާއެކު 106 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެއިން 34 މީހުންނާއި އަތޮޅުތަކުން 60 މީހުންނާއި ރިސޯޓުތަކުން 11 އަދި ލައިވް ބޯޑުތަކުން އެކަކު ކަމަށެވެ.

މިއާއެކު ރާއްޖެއިން 82،684 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ. އަދި ރާއްޖެއިން މި ބައްޔަށް ފަރުވާ ހޯދައި، ރަނގަޅުވެފައިވަނީ 80،374 މީހުން ނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 18 މީހުންނަށް މިވަގުތު ފަރުވާ ދޭ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 2،070 އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 227 މީހުން ނެވެ.