ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ފުލުހުން ސުވާލުކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.ނަމަވެސް ސިއްހީ ހާލު ހުރި ގޮތުން އަދީބު ހުރީ ގޭބަންދުގައެވެ.

ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރީގައި އޮތް ދަބަހެއްގެ ތެރެއިން ޖެނުއަރީ، 2015 ގައި ފިސްތޯލައަކާއި ތިން ވަޒަނާއި ޕެންޑްރައިވެއް ފެނުނު ކަމަށް ބުނާ މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

އެހާދިސާގައި ފުލުހުން ވަނީ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ބުނެފައެވެ. އަދީބު ވިދާޅުވެފައި ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެކަމުގައި ބައިވެރިވި މީހުންނާއި ކަން ނިމިގެން ދިޔަ ގޮތް ވެސް އެ މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.