ޓިކްޓޮކް ގައި ބަރަހަނާ ވީޑިއޯ އާންމުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދަށް 15 ދުވަސް ޖެހީ މިއަދު ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ދިވެއްސަކު ޓިކްޓޮކްގައި ބަރަހަނާ ވާ ވީޑިއޯއެއް އާންމުވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެހެންނަމަވެސް ޓިކްޓޮކް ގަވައިދުގައި ބަރަހަނާ ވީޑިއޯ އާންމު ކުރުމަކީ މަނާ ކަމަކަށް ވާތީ އޭނާގެ އެކައުންޓު ވަނީ ބޭން ކޮށްފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމުގައި ވެސް ފުލުހުން ބުނެއެވެ.