އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖެ ވަޑައިގެންނެވުމާއެކު ޕޮމްޕިއޯއަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ޕޮމްޕިއޯގެ މިދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެ ބޭފުޅުންގެ މަޝްވަރާއާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ހަވީރު 4:00 ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ދެ ބޭފުޅުން ދެއްވާނެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ 1992 ވަަނަ އަހަރަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

ދިވެހިރާއްޖޭގެ އިތުރުން މިސަރަހައްދުގެ ބައެއް ޤައުމުތަކަށް ޕޮމްޕެއޯ ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.