ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ އެންޓިބޮޑީސް ޓެސްޓްކުރާ "ސީރޯ ޕްރިވެލަންސް ސަރވޭ"ގެ ސާމްޕަލް ނެގުން ދެ ދުވަހަށް މެދުކަނޑާލައިފިއެވެ.

މި ސާރވޭއަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ދެނެގަނެ، ދެން އިތުުރަށް ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭ އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ބުނީ އަލުން ސާމްޕަލް ދެން ނަގަން ފަށާނީ މިމަހުގެ 31ވަނަ ދުވަހުކަމަށެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ފުރަތަމަބުރު މިހާރު ވަނީ ނިމިފައެވެ. އެ ބުރުގައި ސާމްޕަލް ނަގާފައިވަނީ 18 އަހަރުން ދަށުގެ ކުދިންގެއެވެ. މިހާރު ކުރިއަށް ދަނީ ސާރވޭގެ ދެވަނަ ބުރެވެ. މިބުރުގައި 4 ހަފްތާގެ މުއްދަތެއްގެ ތެރޭގައި ސަރވޭ ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.