ހިންދީ ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ރީތި ބަޠަލާ އަނަނިޔާ ޕާންޑޭ ދިވެހިރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަގެންދެއެވެ. އަނަނިޔާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދަނީ "ލަކްސް ސައުތު އަރި އެޓޯލް" ރިސޯޓުގައެވެ.

އަނަނިޔާގެ މި ދަތުރކީ " އާބީ ހޮލިޑޭސް " އާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރޭވިފައިވާ ދަތުރެކެވެ.

"ލަކްސް" ގެ ރީތި އަތިރިމައްޗާއި ހުދު ދޮންވެލި ގޮނޑުދޮށާއި ނުލުގެ ތަފާތު ކުލައިންފަވާލެވިފައިވާ މޫދުގައި، ތަފާތު ކުލަކުލައިގެ ހެދުންތަކުގައި އަނަނިޔާ ނަގާފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކުރަމުން އެބަ ގެންދެއެވެ.

އަނަނިޔާ އަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުން ފާހަގަކުރެވުނު ތަރި ޗަންކީ ޕާންޑޭގެ ދަރިއެކެވެ. އަނަނިޔާ ބޮލީވުޑަށް އެންމެ ފުރަތަމަ ނުކުތް ފިލްމަކީ 2019 މަޝްހޫރުކަން ހޯދީ "ސްޓޫޑަންޓްސް އޮފް ދަ އިޔާ 2 އެވެ. މި ފިލްމުގައި އަނަނިޔާ އެކު އެކްޓަރެއްގެ ދައުރު އަދާކުރީ މަޝްހޫރު ފަންނާނެއް ކަމަށްވާ ޓައިގާ ޝްރޮފް އެވެ. މި ފިލްމުން އަނަނިޔާއަށް "ބެސްޓް ފީމޭލް ޑެބިޔުޓް" ގެ އެވޯޑް ލިބިފައި ވެއެވެ.

އަރި އަތޮޅު ދެކުނު ބުރީގައި އޮންނަ " ލަކްސް " ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމުކޮށްފައިވާ ރިސޯޓެކެވެ. އަދި ދުނިޔޭގައިވާ އެންމެ ބޮޑު " ފޮލޯޓިން ސޯލާ ސިސްޓަމް" ވެސް މި ރިސޯޓު މޫދުގައި ވަނީ ގާއިމުކޮށްފައެވެ.

އަނަނިޔާގެ އިތުރަށް މިހާރުވެސް ރާއްޖޭގައި ބޮލީވްޑްގެ ތަރިން ޗުއްޓީހޭދަކުރަމުން އެބަ ގެންދެއެވެ. އެގޮތުން ކަރީނާ ކަޕޫރުވެސް އާއިލާ އާއި އެކު ދިވެހިރާއްޖޭގައި ޗުއްޓީހޭދަކުރަމުން ދާކަމަށް އިންޑިޔާގެ ނޫސްތަކުގައި ވެއެވެ.

ދިވެހިރާއްޖެއަކީ އިންޑިއާގެ މަޝްހޫރު ތަރިންނާއި މުއްސަދިން ޗުއްޓީ ހޭދަކުރަން އަންނަ މަގުބޫލު މަންޒިލެކެވެ.