ރާއްޖެއިން އިތުރު 25 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މާލޭ ސަރަޙައްދުން 16 މީހަކާއި އަތޮޅުތަކުގެ ރަށްތަކުން 2 މީހަކާއި، ޓްރާސިޓް ހޮޓަލަކުން މީހަކާއި، ރ. ކުޑަކުރަތުން 6 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 9 ބިދޭސީންނެވެ. ރާއްޖެއިން ޖުމްލަ 11،616 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 48 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،733 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 37 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.