13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންބުނީ މ. ފ. ދ އަތޮޅު ހިމެނޭ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް އޮކްޓޫބަރ މަހުގެ 23 ވަނަ ދުވަހު ފުުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި 49 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކުދަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ ތަކަކީ ފުލުހުން ސީރިއަސް މައްސަލަ ތަކެއްގޮތުގައި ބަލަމުންދާ މައްސަލަ ތަކެއް ކަަމަށް ފުލުހުންގެ އިދާރާ އިން ބުނެއެވެ. ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށްޓަކައި މިފަދަ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާ ރަށް އަދި އެހެންވެސް މައުލޫމާތެއް ފުލުހުން ހިއްސާ ނުކުރެއެވެ.

މި މައްސަލަ ފުލުހުން މިހާރުދަނީ ތަހުގީޤު ކުރަމުންނެވެ.