ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮޅުމަޑުލު ކަނޑޫދޫއަށް މާދަމާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމަނިކުފާނު އެރަށަށް މި ވަޑައިގަންނަވަނީ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަނޑޫދޫގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ކަނޑޫދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުއެވެ.
ގައުމީ ދަނޑުވެރިންގެ ދުވަހާއި މި އަހަރުގެ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަސް ކަނޑޫދޫގައި ފާހަގަކުރުމަށް ނިންމެވިކަން ރައީސް ސޯލިހު އިއުލާންކުރެއްވީ މިދިޔަ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ކަނޑޫދުއަށް ކުރެއްވި ޒިޔާރާތުގައި އެރަށުގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.