އަންހެނުންނާއި ކުޑަކުދިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ޚާއްސަ ސެންޓަރެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީ ޑިޕާޓްމަންޓްތަކުގެ ފަރާތުން ތައާރަފް ކުރާ އަންހެނުން އަދި ކުޑަކުދިންނަށް ޚާއްސަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސެންޓަރު ހުޅުވާފައިވަނީ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައެވެ.

މި ސެންޓަރުގެ ހިދުމަތް ފުޅާކޮށްފައި ވާއިރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީގެ ހިދުމަތްތަކަށް މެހެމާނުންގެ ފަރާތުން އަބަދުވެސް ބޮޑު ތަރުހީބެއް ލިބެމުންއަންނަކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އަންހެނުން އަދި ކުޑަކުދިންނަށް ޚާއްސަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސެންޓަރުގައި 13 ކޮންސަލްޓޭޝަން ރޫމް، ހިދުމަތައް ހާއްސަ ވައިޓަލްސް ބަލާ ކޮޓަރި، ބޭބީ ނާސަރީ، ބްރެސްޓް ފީޑިން އަދި ބޭބީ ޗޭންޗިންގް ކޮޓަރި، އަލްޓްރާސައުންޑު ހިދުމަތްދޭ ކޮޓަރި، އަދި ފޮޓޯތެރަޕީ ޔުނިޓް ހިމެނެއެވެ. އަދި މި ސެންޓަރުގެ އެންމަ އިސް ދައުރަކީ އެއްތަނަކުން ފަސޭހަކަމާއިއެކު މިހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ އަންހެނުން އަދި ކުޑަކުދިންނަށް ހާއްސަ ސެންޓަރުން ކުރިމަގުގައި އައި.ޔޫ.އައި ނުވަތަ އިންޓަރ ޔުޓެރިން އިންސެމިނޭޝަން އަދި އައި.ވީ.އެފް ނުވަތަ އިންވީޓްރޯ ފާޓިލައިޒޭޝަންގެ ހިދުމަތްތައްވެސް ތައާރަފްކުރުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

އިތުރު މަޢުލޫމާތު ހެއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.