ރާއްޖެއިން އިތުރު 111 މީހުންނަށް ކޮވިޑު ޖެހި ޖުމްލަ 86،088 އަށް އަރައިފި އެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑު ޖެހުނު 111 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 13 މީހުންނާއި އަތޮޅުތަކުން 84 މީހުންނާއި ރިސޯޓްތަކުން 14 މީހުން ނެވެ.

ވޭތުވެދިޔަ 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޓެސްޓުކޮށްފައިވަނީ 4،614 ސާމްޕަލެވެ. އަދި ކޮވިޑު ޖެހިގެން މިވަގުތުު ފަރުވާ ދެމުންދަނީ 1،251 މީހުންނަށެވެ.

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 17 މީހުންނަށް ފަރުވާދެމުންދާ އިރު، ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 84،587 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖެެއިން ކޮވިޑު ބަލީގައި މިހާތަނަށް ވަނީ 237 އަށް އަރާފަ އެވެ.