އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިިވަރުންނަށް އިނާމު ޓީއެސްގައި ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމާފައިވާ އިރު، އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނިންމާފައި އޮތީ މި ޖަލްސާ އަމީނިއްޔާ ސްކޫލްގައި ބާއްވާ ގޮތަށެވެ.

އެހެންނަމަވެސް މޫސުން ތަންނުދޭތީ އެ ޖަލްސާ މިހާރު ބޭއްވުމަށް ނިންމާފައިވަނީ ތާޖުއްދީން ސްކޫލް ހޯލްގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

އޭލެވެލް އިމްތާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހަތް ދަރިވަރަކު ވަނީ ޔަގީންކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާދަމާ ރޭ އިނާމު ދޭނީ 2019 ވަނަ އަހަރުގެ މެއި/ޖޫން އިންޓޭކުގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ކަމަށެވެ.

އެ އަހަރުގެ ނަތީޖާ ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

އާންމުކޮށް އިމްތިހާނު ބާއްވާ އަހަރާއި ޖެހިގެން އޮންނަ އަހަރު ބާއްވާ މި ހަފްލާ މިދިޔަ އަހަރު ނުބޭއްވުނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ނެވެ.