ބ. އަތޮޅު ފުޅަދޫ އައު އިންޖީނުގޭގެ މަސައްކަތް ނިންމައި އެރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށައިފައިވަނީ އޮކްޓޯބަރ 15 ވަނަ ދުވަހު ކަމަށެވެ.

އެރަށުގެ އައު އިންޖީނުގެ ހުޅުވައި ޚިދުމަތް ދޭން ފެށުމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެފައިވަނީ އެއީ އެރަށުގެ ރައްޔިތުންގެ 27 އަހަރުގެ ވޭންދެނިވި ހިތްދަތިކަމަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދިން ކަމެއް ކަމަށެވެ.

ފުޅަދޫ ބައު އިންޖީނުގެ/ފޮޓޯ ފެނަކަ

އައި އިންޖީނުގޭގައިވަނީ 250 ކޮލޯވޮޓްގެ އައު ޖަނަރޭޓަރެއް ބަހައްޓައިފައެވެ. އޭގެ ކުރިން އެރަށުގެ މީހުންނަށް ކަރަންޓު ފޯރުކޮށްދެމުން ގެންދިޔައީ 3 އިންޖީނެއް ބޭނުންކޮށްގެންނެވެ. އެއީ160 ކޭވީ ގެ އިންޖީނަކާއި 128 ކޭވީގެ އިންޖީނަކާއި 80 ކޭވީގެ އިންޖީނެކެވެ.

އަލަށް އެރަށުގައި އިމާރާތްކޮށް ހުޅުވި އިންޖީނުގެއަކީ ޒަމާނީ ފެންވަރުގެ ތަނެކެވެ. އެތަނުގައި މިހާރު ހުންނާނީ އެންމެ ޒަމާނީ އާލާތްތަކެވެ. އައުއިންޖީނުގެއާއެކު އައު އޮފީސްއިމާރާތެއް ވެސް ވަނީ ހަދައިފައެވެ. މި އިންޖީނުގެ ސަބަބުން ކުރިން ދިމާވަމުންދިޔަ ކަރަންޓުގެ މައްސަލަތައް ނިމުމަކަށް އަންނާނެއެވެ.

https://twitter.com/myfoona/status/1438471264692150276

ފެނަކައިން ހިންގާ މަޝްރޫއެއްގެ ދަށުން ރަށްރަށުގެ ބައު އިންޖީނުގެތައް އައު ކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިއީ އެކުންފުނީން ވަރަށްބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއެކެވެ. މިހާރުވެސް އެތައް ރަށެއްގެ އިންޖީނުގެތަކުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފެނަކައަކީ އަބަދުވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި ފަސްނުޖެހި ކުރިއަށްދާ ކުންފުންޏެކެވެ. އެތަނުގެ ގާބިލްޓީމާއި މެނޭޖުމަންޓު ގުޅިގެން ފެނަދަނީ އެތައް ކާމިޔާބީތަކެއް ވެސް ހޯދަމުންނެވެ.