ރާއްޖެެއިން އިތުރު 128 މީހުންނަށް ކޮވިޑު ޖެހިއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6 ން ބްރާސްފަތި ދުވަހުގެ އިރުއޮއްސި 6 ޖެހުމާއިހަމައަށް ނެގި ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 128 މީހުން ކަމަށެވެ. އަދި މިއީ 3،731 ސާމްޕަލުން ޕޮޒިޓިވް ވި އަދަދު ކަމަށެވެ.

މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެއިން 35 މީހުންނާއި އަތޮޅުތަކުން 66 އަދި ރިސޯޓުތަކުން 27 މީހުން ކަމަށެވެ.

މިއާއެކު 87،487 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، 85،531 މީހުން ވަނީ ރަނގަޅުވެފަ އެވެ.

29 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، ކޮވިޑު ބަލީގައި 243 މީހުން މިހައުތަނަށް ވަނީ މަރުވެފަ އެވެ.