އައްޑޫ ސިޓީ ފޭދޫ އާއި ހުޅުމީދޫ އާއި ދެމެދު އެމްޓީސީސީން ސައިކަލް ފެރީގެ ހިދުމަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މި ހިދުމަތް ހަފްތާގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ދޭނެ ކަމަށެވެ. މި ހިދުމަތަށް ހާއްސަކޮށްފައިވާ ފެރީގައި އެއް ފަހަރާ 15 ސައިކަލް އުފުލޭނެ ކަމަށާއި އެ ފެރީތަކަކީ60 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށް މައުލޫމާތުދެ އެވެ.

ފެރީގައި ސައިކަލެއް ގެންދެވެނީ 20 ރުފިޔާ ދައްކައިގެންނެވެ. އެމްޓީސީސީން ބުނީ ދިޔަވަރަށް އަންނަ ބަދަލާއި އެކު ސައިކަލް ފެރީއަށް އެރުވުމަށް އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫ އެމްޓީސީސީ ފެރީ ޓާމިނަލްގައި ހުންނާނެ ކަމަށެވެ.