ފުރަތަމައީ: ﷲ މަޢްރިފާކޮށް ދެނެގަތުން:
ޝައްކެއް ނެތެވެ. ﷲ ތަޢާލާގެ ޒާތުފުޅާމެދު އިންސާނާއަށް އެނގުނު މިންވަރަކަށް، އޭނާގެ އީމާންކަން އިތުރުވެގެން ދެއެވެ. ކީރިތި ޤުރްއާނުގެ އެންމެ އާޔަތަކަށް ފުންކޮށް ވިސްނާލި ކޮންމެ މީހަކަށް އީމާންކަމުގެ ފޮނި ރަހަ އިޙްސާސް ކުރެވެއެވެ. ހަމަ އެކަނި އަންނަނިވި އާޔަތާމެދު ފުންކޮށް ވިސްނާލަމާ ހިންގަވާށެވެ!وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّهِ إِنَّ اللَّهَ عَزِيزٌ حَكِيمٌ ﴿٢٧﴾ (سورة لقمان)މާނައީ: [އަދި ހަމަކަށަވަރުން، ބިމުގައިވާހާ ގަސްގަހާގެއްސަކީ ގަލަންތަކެއްކަމުގައި ވެފައި، އަދި ކަނޑު (ދެލިކަމުގައިވެފައި) އޭގެފަހަށް ހަތްކަނޑު އެއާއެކުވިޔަސް، ﷲ ގެ ކަލިމަފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެތެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒު ވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ.]
ދެވަނައީ:
ކާއިނާތުގައިވާ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުން އެއިލާހު މަޢްރިފާކޮށް ދެނެގަތުން:قال تعالى: إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ ﴿١٩٠﴾ الَّذِينَ يَذْكُرُونَ اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴿١٩١﴾ (سورة آل عمران)މާނަ: “ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާޠިލު ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!]
ތިންވަނައީ:
ﷲތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެގޮތުން ހެޔޮ ޢަމަލުކުރުން ގިނަކުރުން:ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ: وَعِبَادُ الرَّحْمَـٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا ﴿٦٣﴾ وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا ﴿٦٤﴾ (سورة الفرقان)މާނަ: [ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން މުޚާޠަބުކޮށް ވާހަކަ ދައްކައިފި ހިނދަކު، އެއުރެން ސަލާމޭ ބުނެތެވެ. އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، ސަޖިދަ ކުރުމުގައްޔާއި، ޤިޔާމަށް ތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ.]
ހަތަރުވަނައީ:
ކީރިތި ޤުރްއާން ކިޔަވައި އޭގެ މާނައާމެދު ވިސްނައި ފިކުރުކުރުން:މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٢﴾ (سورة الأنفال)މާނައީ: [މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ.]
ފަސްވަނައީ:
އީމާންކަމުގެ މަތީގައި ލެއްވުން އެދި، ﷲ ގެ ޙަޟްރަތުގައި ގިނަގިނައިން ދެންނެވުން:ކީރިތި ރަސޫލާ ﷺ މިކަމަށް އެދިވަޑައިގެން މި ދުޢާ ކުރައްވާކަމުގައި ވާރިދުވެގެން އައިސްފައި ވެއެވެ."اللَّهُمَّ حَبِّبْ إِلَيْنَا الإِيْمَانَ وَزَيِّنْهُ فِيْ قُلُوْبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالفُسُوْقَ وَالعِصْيَانَ وَاجْعَلْنَا مِنَ الرَّاشِدِيْنَ."މާނައީ: [އޭ، ހައްދަވައި ގެންގުޅުއްވާ އިލާހު! އަޅަމެންގެ ހިތްތަކުގައި އީމާންކަމަށް ލޯބި ޖައްސަވައި، އެ އީމާންކަން އަޅަމެންގެ ހިތްތަކުގައި ޒީނަތްތެރި ކުރައްވާނދޭވެ! އަދި ކުފުރާއި ފާސިޤުކަމާއި ނުކިޔަމަންތެރިކަމަށް އަޅަމެން ނުރުހުންތެރި ކުރައްވައި، ތެދުމަގު ލިބިގެންވާ އަޅުންގެތެރެއިން އަޅަމެން ލައްވާނދޭވެ!]