ސްޓެލްކޯ އިން އެނާޖީ ސޭވިންގ ކެމްޕެއިންގެ ދަށުން މިރޭ ކްލަބް ހައުސް ސެޝަންއެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.

މިއަހަރުގެ ހޫނުގަދަ ދުވަސްވަރާއި ދިމާކޮށް އެ ކުންފުނިން ކުރިޔަށްގެންދަން ނިންމާފައިވާ މި ކެމްޕޭނުގެ މިރޭގެ ސެޝަންގެ މައުޟޫއު އަކީ "މޫސުމާއި ކަރަންޓުބިލަށް އަންނަ ބަދަލު" އެވެ.

މި މައުޟޫގެ ދަށުން އެއްގަޑިއިރަށް ކުރިޔަށް ގެންދަން ރާވާފައިވާ މި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ، އިލްމީ މިދާއިރާގެ ތަޖުރިބާހުރި، އެ ކުންފުނީގެ މުވައްޒަފުންނެވެ. އަދި މިސެޝަންގައި ބައިވެރިވާ ފަރާތްތަކަށްވެސް މިރޭގެ މައުޟޫއާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ދެވިގެންދާނެ އެވެ.

ސްޓެލްކޯ އިން ބުނީ ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ސެޝަންތައް އިތުރު މައުޟޫތަކަށް ކުރިޔަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.