ސްޓެލްކޯގެ މެނޭޖިންޑިރެކަޓަރ (އެމްޑީ) ހަސަން މުޣުނީއަކީ މަސައްކަތަށް ގާބިލް ހިންގުންތެރި ބޭފުޅެއް ކަމަށް ޖުމްހޫރީޕާޓީގެ ނާއިބު ރައީސް އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ ސްޓެލްކޯއާ މުޣުނީ ހަވާލުވުމަށްފަހު ގެނެސްދެއްވަަމުން ގެންދަވާ ހެޔޮބަދަލުތަކަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވަމުންްނެވެ. ސައުދު ވިދާޅުވީ މުޣުނީއަކީ ޖުމްހުރީޕާޓީގެ ސްލޮޓެއްގައި ސްޓެލްކޯގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. މިހާތަނަށް އައިއިރު އޭނާ ވަނީ މަސައްކަތުގައި ރަނގަޅު ނަތީޖާތަކެއް ނެރެދެއްވާފައި ކަމަށް ޖުމްހޫރީޕާޓިން ގަބޫލު ކުރާ ކަމަށް ސައުދު ވިދާޅުވިއެވެ. ސްޓެލްކޯގެ އެމްޑިއަކަށް ހުންނަވައިގެން ކުރިއަށްއޮތްތާގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނޭ އެތައް ކަމެއް ކޮށްދެއްވާނޭ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށް ސައުދު ވިދާޅުވިއެވެ.

މުޣުނީއަކީ އޭނާ އަދާކުރައްވާ ވަޒީފާގެ އިތުރުން ޖުމްހޫރީޕާޓީއަށް ވެސް ނުހަނު އިޚުލާސްތެރި ވަފާތެރި ބޭފުޅެއް ކަމަށް ސައުދު ވިދާޅުވިއެވެ. ޖޭޕީގައި ހުންނަވައިގެން މުޣުނީއަށް އިތުރު ކުރިއެރުމާއި ފާގަތިކަން އަދިވެސް ލިބިގެންދާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ސައުދު ވިދާޅުވިއެވެ.