މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒްގެ މަޤާމަށް ބޭފުޅަކު އައްޔަނުކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި މަގާމަށް އައްޔަނު ކުރެއްވީ ސ.ހިތަދޫ، ޖަންބުމާގެ އަލްއުސްތާޛު މުޙައްމަދު އަނީލް އެވެ.
އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީގެ ސަނަދު ހާސިލުކުރައްވާފައެވެ. އަދި މިހާރު އެބޭފުޅާއަކީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަަޢުލީމުހާސިލްކުރައްވަމުންގެންދަވާ ބޭފުޅެކެވެ.
މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ 2017 ވަނަ އަހަރުން ފެށިގެން ސ. ހިތަދޫ އިސް އިމާމުގެ މަޤާމު އަދާކުރައްވާފައެވެ.