ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ގދ.ތިނަދޫ "ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑް" އެކުލަވައިލައްވައިފި އެވެ.

މި ބޯޑަކީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑު އެކުލަވައިލައްވާފައި ވަނީ ހަތް ބޭފުޅުންގެ މައްޗަށެވެ. އެ ބޭފުޅުންނަކީ:

ޑރ. ލަވްޝާ މުޙައްމަދު، ކާއިނާތު، ގދ.ތިނަދޫ (ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް)ޑރ. އަބްދުﷲ އުބައިދު، ދަފްތަރު. ނަންބަރު ރސ 6099 (ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖުރިބާކާރެއް)ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއްމަރިޔަމް ނާޒްނީން، ހ. ބަޑިދޫގެ (މިނިސްޓްރީ އޮފް ހެލްތް ތަމްސީލުކުރާ މެންބަރެއް)ޖީޒާ ހަސަން، ނީލުގެ، ގދ. ތިނަދޫ (ސަރަޙައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ މެންބަރެއް)ސައުދު އަލީ، އަބުހަރީއާގެ، ގދ. ތިނަދޫ (އަތޮޅު ކައުންސިލްގެ މެންބަރެއް)ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޑޮކްޓަރ ލަވްޝާ މުޙައްމަދެވެ.