ރާއްޖޭގައި ޔޫޓިލިޓީގެ ހިދުމަތް ދެމުން އަންނަ އެންމެ ބޮޑު ކުންފުނި ފެނަކަ ކޯޕަރޭޝަންއިން ކ.ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޙިދުމަތްތަކާ ހަވާލުވެއްޖެއެވެ.

ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް މިހާތަނަށް ދެމުން އައީ ހުރާގެ ކައުންސިލުގެ ބެލުމުގެ ދަށުން އެ ކައުންސިލުންނެވެ. މިކަމައްޓަކައި ހުރާގައި މިއަދު ބޭއްވި ޚާއްސަ ރަސްމިޔާތުގައި ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތާއި ފެނަކައާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ހުރާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހުރާ ކައުންސިލުގެ ރައީސް ޢީސާ އަޙްމަދު އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކާގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.