ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކުރައްވައިފިއެވެ.

އެމްޑީޕީ އުފެއްދުމަށްޓަކައި ރައީސް މުހައްމަދު ނަޝީދާއެކު އެންމެ ގާތްކޮށް މަސައްކަތްކުރި އަދި އެޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރި މީހުންގެ ތެރޭގައި ހިމެނޭ ޝުއައިބު އެމްޑީއޭ އަށް ސޮއި ކުރީ މިއަދުއެވެ. ޕޯސްޓް ބިލްޑިންގ ގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއެކު އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ އިސްލީޑަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، ޝުއައިބު އެމްޑީޕީން އޭނާ ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ.