ރައްޔިތުން އެދޭފަދަ ޚިދުމަތެއް ފޯރުކޮށް ދިނުމުގެ ތަސައްވުރާ އެކު ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމް އެކުންފުނީގެ މުވައްޒަފުންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިމް ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީ ޝަރީފް މުވައްޒަފުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުން އޮތީ އަންގާރަ ދުވަހުގެ ރޭ ގައެވެ.

މި ބައްދަލުވުމުގައި ޝަރީފްވަނީ މައިގަނޑު ދެ ކަމެއް ފާހަގަ ކުރައްވައިފިއެވެ. އެއްކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިރުޝާދާއެކު ރައްޔިތުންނާއި ވީހާވެސް ގާތުން، އެ ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ދެވަނަ ކަމަކީ ކުންފުނީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކޮށްދޭއްވާނޭ ކަމުގެ ޔަގީން ކަމެވެ.

ޝަރީފަކީ މިފަދަ ކުންފުނިތައް ހިންގެވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ފެނަކަކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ. އޭނާއަކީ ސަރުކާރުގެ އެކިދިމާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ތައުލީމީދާއިރާއާއި، ރައްޔިތުންގެ މަޖިލީހާއި، އިލެކްޝަންސް ކޮމިޝަނާއި، އަތޮޅުވެރިކަން ހިމެނެއެވެ.

ޝަރީފް ސްޓެލްކޯއަށް އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ހަސަން މުޣުނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ބަދަލު ކުރެއްވުމަށްފަހުގައެވެ.