ހއ. އަތޮޅުން ފެށިގެން ކ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 7:00 އިން 12 އަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރެ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އެއިދާރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެ ފަތިހު 5:30 އިން 10:30 އަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފައިވެއެވެ.

ހޯމަ ދުވަހުގެރޭ މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ އެއިދާޜާއިން ނެރޭ އެލާޓްތަކަށް ސަމާލުވެ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.