ފެނަކަޢާއިލީ ހަތްވަނަ ޤުރުއާން މުބާރާތް ރޭ ނިންމާލައިފިއެވެ. މި މުބާރާތް ނިންމާލުން އޮތީ މާލޭ ސިޓީގައި ރޭގައެވެ.

މި މުބާރާތުގައި ކޮންމެ ސަރަހައްދެގައި މުބާރާތުން ގޮފި ތަކުން 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވާ ސެޓްފިކެޓާއި ޓްރޮފީ ދީފައިވެއެވެ. އަދި ކޮންމެ ސަރަހައްދެގައި މުޅި މުބާރާތުން 1 ވަނަ އަށް 15000 ރުފިޔާ ދީފައިވެއެވެ. 2 ވަނަ އަށް 10000 ރުފިޔާ ދީފައިވެއެވެ. 3 ވަނަ އަށް 5000 ރުފިޔާއާއި ޓްރޮފީ ދީފައިވެއެވެ.

މި މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ އައިމިނަތު އައިނީ އަހުމަދެވެ. މުޅި މުބާރާތުން 2 ވަނަ ހޯދާފައިވަނީ އައިޝަތު އީކާ މުޖުތަބާ އެވެ. މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ ފާތިމަތު ޝައިފާ މުހައްމަދު ސިޔާމެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ހުޅުވާލެވިގެން ފެނަކަ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާއަށް ޚާއްސަކޮސްގެން ބާއްވާ މުބާރާތެކެވެ. މިއީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ ޚާއްސަ އިސްނެންގެވުމަކަށް 2019 ވަނަ އަހަރުން ފެށިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް އިންތިޒާމް ކުރަނީ ކުންފުނީގެ ރެކްރިއެޝަން ކުލަބުންނެވެ. އެ ގޮތުން މި އަހަރު ރަމަޟާން މަހު ވަނީ ރާއްޖޭގެ އިތުރު 2 ސަރަހައްދެއްގަ މި މުބާރާތް ބާއްވައިފިއެވެ. މި މުރާތަކީ މެނޭޖިންގް ޑިރެކްޓަރ ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ މުބާރާތެއް ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ. މިއަހަރު މި މުބާރާތް ފެށިގެން ދިޔައީ ށ އަދި ނ އަތޮޅަށް ޚާއްސަ ކޮށްގެން ށ. މިލަންދޫގައެވެ.

މިމުބާރާތް ދެން ބޭއްވުނީ ގއ. އަދި ގދ. ގައެވެ. އެ އަތޮޅުގެ މުބާރާތް ބޭއްވީ ގއ. ވިލިގިނލީގައެވެ. މި އަހަރަށް މުބާރާތް ނިންމާލުން އޮތީ ރޭ މާލެ ސިޓީގައެވެ. ރާއްޖޭގެ 3 ސަރަހައްދުގައި ބޭއްވިގެން ދިޔަ 3 މުބާރާތުގައި ފެނަކަ އާއިލާ އަށް ނިސްބަތްވާ ޖުމްލަ 423 ކުދިން ބައިވެރިވެފައިވެއެވެ. ކުރީއަހަރާ ޚިލާފަށް މި އަހަރު ބޭއްވުނު މުބާރާތްތަކަށް ފައިސާގެ އިނާމް ވަނީ ބޮޑުކޮށްފައެވެ.

މާލެ ސިޓީގައި ބޭއްވުނު މުބާރާތުގައި 38 ފަރާތަކުން އެކި ގޮފިތަކުން ވަނަ ހާސިލް ކޮށްފައިވެއެވެ.

މި އަހަރު މި ބޭއްވުނު މުބާރާތް ތަކަށް ވުރެ ފުރިހަމަ ކޮށް މި އަށް ވުރެން ބޮޑުކޮށް މި މުބާރާތް އަންނަ އަހަރު ބާއްވާނެ ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދު ރޭ ވަނީ އިއުލާން ކުރައްވައިފައެވެ.

-ފޮޓޯތައް: ފެނަކަ