ބްރެޒިލްގެ މަތިންދާ ބޯޓު އުފައްދާ ކުންފުނި އެމްބެރައިން އިންޑިއާއާ ގުޅިގެން އައު މަތިންދާ ބޯޓެއް ތަރައްގީ ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ. މި އައު މަތިންދާ ބޯތަކީ ބުރަފަތި ވައްތަރުގެ ބޯޓުތައް އުފެއްދުމަށް އެމްބެރައިން ފާޅުކށްގެން އުޅޭ ޝައުގުވެރިކަމެކެވެ. ބްރަޒިލް ކުންފުނިން ވަނީ 2017ން ފެށިގެން މި ދާއިރާއަށް ވަނުމަށް ހުވަފެން ދެކެފައެވެ.
ބުރަފަތި ލީ މަތިންދާ ބޯޓް، އޭޓީއާރް މަރުކާގައި މިހާރު އެންމެ ކުރީގައި އުޅެނީ އިޓަލީއާއި ފަރަންސޭސި އެއަރބަސް ކުންފުނިންނެވެ.
ބްރަޒިލްގެ ކުންފުނިން އުފައްދާ މަތިންދާ ބޯޓު 2027 ނުވަތަ 2028ގައި ޚިދުމަތަށް ނިކުންނާނެ ކަމަށް ލަފާ ކުރެވެއެވެ.