ނޫސްވެރިޔާ ޝީރީން އަބޫ ޢަޤްލާ ޝަހީދުކޮށްލި ހާދިސާއަކީ އިޒްރޭލުގެ ސަރުކާރުން ހިންގާ ޓެރަރިސްޓް އަމަލެއްކަމަށް ޤަތަރުން ސިފަ ކޮށްފިއެވެ. އަދި ޔޫރަޕްގެ ޖަމާއަތާއި އެމެރިކާއިން ވަނީ ދެފުށް ފެންނަ ގޮތަކަށް މި ޖަރީމާ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

އަރަބި ގައުމުތަކުގެ ފޮރިން މިނިސްޓްރީތަކާއި އަޒުހަރުގެ އިމާމުލް އަކްބަރުގެ އޮފީހާއި ނުސްވެރިންގެ ޖަމުއިއްޔާތަކުން ވަނީ ޝީރީން އަބޫ ޢަޤްލާ ޝަހީދުކޮށްލި ހާދިސާ ކުށްވެރިކޮށްފައެވެ. އަދި މި ޖަރީމާ ހިންގި މީހުން ބައިނަލްއަގްވާމީ އަދާލަތަށް ހުށަހެޅުމަށްވެސް ގޮވާލާފައި ވެއެވެ.

އިނގިރޭސި ސަރުކާރާއި ފްރާން އަދި ޖަރމަނީންވެސް ވަނީ މި ޖަރީމާ ކުށްވެރިކޮށްފައެވެ.

ނޫސްވެރިކަމުގައި 25 އަހަރުގެ ޚިދުމަތަކަށް ފަހު ޣަދަރުވެރި ޒަޔަނިސްޓް ޓެރަރިސްޓް ދައުލަތުގެ ވަޒަނަކުން ނޫސްވެރިއެއް ޝަހީދުކޮށްލީއެވެ.