އިޒްރޭލުން ހިފާފައިވާ ޤުދުސްގެ ބާބުލް ޚަލީލްގެ ސަހަރާގައި ފަލަސްތީންގެ ނޫސްވެރިޔާ ޝީރީން އަބޫ ޢަޤްލާ ވަޅުލައިފިއެވެ. އޭނާގެ ޖަނާޒާއަށް ގިނަ އަދަދެއްގެ މުސްލިމުންނާއި ކްރިސްޓިއަނުން ބައިވެރިވިއެވެ. އޭނާގެ ޖަނާޒާގެ ކަންކަން އިންތިޒާމުކޮށްފައި ވަނީ ގުދުސްގެ ރޯމަން ކެތޮލިކް ފައްޅީގައެވެ.

އިޒްރޭލު ޒަޔަނިސްޓް ސިފައިން، ފަލަސްތީންގެ ދިދަ ހިފައިގެން ތިބުން މަނާކޮށްފައި ވީއިރުވެސް ފަލަސްތީނު މީހުން ވަނީ ޝަހީދު ކޮށްފައިވާ ނޫސްވެރިޔާގެ ހަނދާނުގައި ފަލަސްތީނު ދިދަ ވިހުރުވާފައެވެ. ޝީރީންގެ ގޭގައި ފަލަސްތީނު ދިދަ ނަގައި ގައުމީ ލަވަ ޖެހުމުން، އިޒްރޭލުނ ވަނީ އެގެއަށް ރެއިޑްކޮށް ދިދަތައް ފޭރިގެން ގޮސްފައެވެ.

މިއަދު މެންދުރު ޝީރީންގެ ޖަނާޒާގެން ދިޔަ އިރުވެސް ޒަޔަނިސްޓް ސިފައިން ވަނީ ޖަނާޒާގައި ބައިވެރިވި މީހުންނަށް ހަމަލަދީ މީހުން ވިއްސިވިހާލި ކުރަން އުޅެފައެވެ. މިކަމުގެ ތެތޭގައި ސަންދޯއްވެސް ބންމައްޗަށް ވެއްޓެން ދިޔައެވެ.

އިސްރާއީލުގެ ރޭޑިއޯ އެންޑް ޓެލެވިޜަން ކޯޕަރޭޝަނުން ބުނީ ޝިރީން އަބޫ ޢަޤްލާ ޝަހީދުކޮށްލީ ކާރެއްގެ ތެރެއިން ބަޑިޖަހައިގެން ކަމަށް ސިފައިންގެ ތަހުގީގަށް އެނގުނު ކަމަށެވެ. މި ހާސިދާ ހިނގި ސަރަހައްދުގައި ތިބި ނޫސްވެރިން ބުނާ ގޮތުން މި ހަމަލައަކީ އިޒްރޭލު ސިފައިން ގަސްތުގައި އޭނާ ޝަހީދުކޮށްލުމަށް ދީފައިވާ ޙަމަލައެކެވެ.

ދުނިޔޭގެ އެކި ފަރާތްތަކުން ޝީރީން ޝަހީދުކޮށްލި މައްސަލާގައި އިޒްރޭލު ކޮށްވެރިކޮށްފައެވެ. އިޒްރޭލު ސިފައިންގެ އިސްވެރިއެއް ކަމަށްވާ ޔަހޫދާ ފޮކްސް ބުނގޮތުގައި ޒަޔަނސްޓް ސިފައިންގެ މީހެއްގެ ބައިވެރިވުން އޮތްކަން ފާހަގަވެފައިވެއެވެ.

އެމެރިކާއިން ވެސް ބުނެފައި ވަނީ މި ޖަރީމާ ހިންގި މީހުން އަދާލަތުގެ ކުރިމައްޗަށް ގެނޭތޯ އެމެރިކާއިންވެސް ކަޝަވަރު ކުރާނެ ކަމަށެވެ.