ޝިރީން އަބޫ ޢަޤްލާ ޝަހީދު ކޮށްލަން ބަޑިޖަހާފައިވާ ކަމަށް ދައްކާ ވާހަކަތައް އިސްރާއީލުގެ ޗީފް އޮފް ސްޓާފް އަވީވް ކޮހަވީ އަޑުއައްސަވާފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމެއް ކަމަށް އިސްރާއީލުގެ ޗެނަލް 12 އިން ޒަޔަނިސްޓް ދައުލަތުގެ ސިފައިންނާ ޙަވާލާދީ ރިޕޯޓް ކުރިއެވެ.
ބައިނަލްއަގްވާމީ މަސްރަހުގައި އިޒްރޭލަށް ފާޑު ކިޔުން އިތުރުވުމުން އިޒްރޭލުން އަނިއްކާވެސް ވަނީ މަކަރުވެރި ގޮތަކަށް ވާހަކަ އޮޅުވާލާފައެވެ.
އިސްރާއީލުގެ ޗެނަލުން އިތުރަށް ބުނީ ސިފައިންގެ ޗީފް އޮފް ސްޓާފްގެ ބައްދަލުވުމުގައި ބައިވެރިވި ދެ ފަރާތަކުން އެ ސްޓޭޝަނަށް ކަށަވަރުކޮށްދީފައި ވަނީ ޝިރީން އަބޫ ޢަގްލާ ޝަހީދުކޮށްލުމުގައި އިސްރާއީލު ސިފައިން ބައިވެރިވާ ކަމަށެވެ.
އެ ޗެނަލުން ބުނި ގޮތުގައި ކޮހަވީ ވަނީ ސިފައިންގެ ބަިއވެރިވުން އޮތް ކަމަށް ބުނެ ރިޕޯޓް ކުރުމުގެ ކުރިން އެވާހަކަ އޭނާ އިތުރަށް ބަލަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އިސްރާއީލުގެ ސިފައިންގެ މީހަކު އޮޅިގެން ޝިރީން އަބޫ ޢަގްލާ މަރާލުމުގެ ފުރުސަތު އޮތްކަން ވެސް ޔަހޫދީ ޗީފް އޮފް ސްޓާފް ވަނީ މި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައެވެ.