ސިޔާސީ ނުވަތަ އަސްކަރީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނުވާ އަދި މުސްލިމަކަށްވެސް ނުވާ އުމުރުން 51 އަހަރުގެ ކްރިސްޓިއަން އަންހެނަކު ވަނީ ގަދަކަމުން ގުދުސް ފޭރިގެންފައިވާ ޖައްބާރު ޔަހޫދީންނަށް ކަމެއް ސާބިތު ކޮށްދީފައި ކަމަށް ފަރަންސޭސި ލުމޯންޑް ނޫހުން ބުނެއެވެ.
ޝަހީދު ކޮށްފައިވާ ނޫސްވެރިޔާ ޝީރީން އަބޫ އަގްލާގެ ޖަނާޒާއިން އެނގުނީ ޤުދުސްއަކީ އިޒްރޭލުން ދައްކާ ބަހަނާތަކާ ޚިލާފަށް އަދިވެސް ފަލަސްތީނުގެ ވެރިރަށް ކަމުގައި ލުމޯންޑުން ބުންޏެވެ.
އިޒްރޭލުންގެ ޒަޔަނިސްޓް ސިފައިން ވަނީ ޖަނާޒާގައި ބައިވެރިވި މީހުންހގެ ގައިގައި ތަޅައި ހަދާފައެވެ. ލުމޫންޑުން ގުނައި ދެއްކި ގޮތުގައި އެކެއްގެ ގައިގައި އެކި ތަންތާނގައި ދިހަފަހަރަށް މުގުރުންނާއި ކޮޅު ފައިން އިޒްރޭލު ސިފައިން ތަޅާފައި ވެއެވެ. އަދި ޝީރީންގެ ޖަނާޒާ 95 ޑިގްރީއަށް އަރި އަޅާލިކަމަށްވެސް ބުންޏެވެ.
އިޒްރޭލުން ވަނީ ޤުދުސްގައި ހުންނަ ފަރަންސޭސިވިލާތުގެ ކޮންސުލްއަށްވެސް ފަލަސްތީނުގެ ދިދަ ފެނިގެން ނުވާނެ ކަމުގެ އިންޒާރު ދީފައެވެ. ޝީރީން ބާއްވާފައި އޮތް އުސްމާނީ ވެރިކަމުގެ ޒަމާނުގެ ސެއިންޓް ޖޯސެފް ހޮސްޕިޓަލް އަދިވެސް ބަލަހައްޓަމުން އަންނަނީ ފަރަންސޭސި ސަރުކާރުން ކަމުން ކޮންސުލްއަށް މިއިންޒާރު ދިނީއެވެ. ނަމަވެސް އެއްވެސް މީހަކަށް މިކފަދަ ހާލަތެއްގައި ކޮންޓްރޯލެއް ނޯންނާނެ ކަމަށް ކޮންސުލް ވަނީ ސިފައިންނަށް ޖަވާބު ދީފައެވެ.
އިޒްރޭލުން ހިފާފައިވާ ގުދުސަކީ އެމީހުންގެ ޔަހޫދީ ޒަޔަނިސްޓް ދައުލަތުގެ ވެރިރަށް ކަމަށް ބުނާތީ، ގުދުސްގައި ފަލަސްތީނު ދިދަ ވިހުރުވުމަކީ އިޒްރޭލުން ބިރުގަންނަ ކަމެކެވެ. ނަމަވެސް ފަލަސްތީނު ދިދަ ވިހުރުވުމަކީ އިޒްރޭލު ގާނޫނު މަނާ ކުރާ ކަމެއް ނޫނެވެ. ލޮމޮންޑް ނޫހުން ބުނިގޮތުގައި ޝީރީންގެ ޖަނާޒާއަކީ މިފަހަކަށް އައިސް ގުދުސްގައި މީހުން އެންމެ ގިނައިން ބައިވެރިވި ޖަނާޒާއެވެ. މީގެ ކުރިން މިހާ ގިނަ ބައެއް ފެނުނީ ފައިސަލުލް ހުސައިނީގެ ޖަނާޒާ ގައެވެ.
ސުރުޚީގައި ބުނި ވާހަކައެއް ލިޔުމުން ނުފެނުނު! ވެދާނެ އައިނު އަޅާތީ ކަމަށްވެސް! ކޮންމެ ވެސް މީހަކު މި ލިޔުމުން ސުރުޚީގައި އެބުނާ ވާހަކަ ކިޔާދީބަލަ!