އިޒްރޭލުން ޝަހީދު ކޮށްފައިވާ ނޫސްވެރިޔާ ޝީރީންގެ ނަމުން ފަލަސްތީންގަައި ކުދިންނަށް ނަން ދިނުން އާންމު ވެއްޖެއެވެ.
ފަލަސްތީންގެ ހަސްފަތާލްތަކުގައި އުފަންވާ އަންހެން ކުދިންނަށް ޝީރީން އަބޫ އަޤްލާގެ ނަމުން ނަން ދޭން ފަށައިފިއެވެ. ޖެނީންގެ ބައިތު ލާހިޔާ ހަސްފަތާލުގައި އުފަންވި ކުއްޖަކަށާއި ނާބުލުސް ހޮސްޕިޓަލްގައި އުފަންވި ކުއްޖަކާއި ބޫރީންގައި އުފަންވި ކުއްޖަކަށްވެސް ޝީރީން އަބޫ އާގްލާގެ ނަމުން ނަންދީފައި ވެއެވެ.